Advertisement

ސަނީ ސުއިޓްސްގެ ދެ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

21 Jan 2021 | 16:12

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގައި އިންތިޒާމްކޮށްގެން ބާއްވާ "މައި ހުޅުމާލެ ޕާކްވޮލީ ޗެމްޕިއަންޝިޕް"ގައި ސަނީ ސުއިޓްސް މޯލްޑިވްސް ކުންފުނީގެ ފަރާތުން ނެރޭ ދެ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

ރޭ ހުޅުމާލޭގެ ސަނީ ސުއިޓްސް އިންގައި އޮތް ހަފްލާއެއްގައި ސަނީ ސުއިޓްސް އިން އަދި ސަނީ ސުއިޓްސް ކެފޭ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބްގައި އެމްޑީޕީގެ ފަރާތުން ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް ރިޒްނާ ޒަރީރު، ކާލި އިންވެސްޓްމެންޓްގެ ޗެއާމަން އަދި ސަނީ ސުއިޓްސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް މޫސާއެވެ.

ސަނީ ސުއިޓް އިންގެ ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ ނިޒާރު އިބްރާހިމް (ބޮޑޭ) ، އިބްރާހިމް ފަލާހް (ފަލާ)، އަހުމަދު ނިޒާމް (ޒޯރޯ) ، އަހުމަދު އަލީ (ކޮނެކާ) އަދި ސަމާއިލްއެވެ. އަދި ސަނީ ޓްރީޓް ކެފޭގެ ޓީމްގައި ހިމެނެނީ އިބްރާހިމް ރަޝީދު (ރޮބަޓް)، އަހުމަދު ޝުޖާއު (ސެންސޯ)، އަޝްފާގު އާދަމް (އައްކަޅޭ) ، އަހުމަދު ޝަރީފް (ކަފަ) އަދި މުހައްމަދު ރަޝީދު (ސަޓޯ)އެވެ. މި ދެޓީމްގެ ކުޅުންތެރިންނަކީވެސް މީގެ ކުރިން ވޮލީ ކޯޓްތަކުގައި ވިދާލާ ރަންވަނަތަކެއް ހާސިލްކޮށްފައިވާ ފަރާތްތަކެކެވެ.

ސަނީ ޓްރީޓް ކެފޭގެ ކޯޗަކީ އިބްރާހިމް މޫސާއެވެ. ސަނީ ސުއިޓްސް އިންގެ ކޯޗަކީ މުހައްމަދު އިބްރާހިމް މަނިކެވެ. އެބޭފުޅާއަކީ ވެމްކޯގެ ޗެއާމަނެވެ.

މި ދެޓީމްގެ ތެރެއިން ސަނީ ޓްރީޓް ކެފޭގެ މެއިން ސްޕޮންސަރަކީ ކާލި އިންވެސްޓްމަންޓް އެވެ. ސަނީ ސުއިޓް އިންގެ މެއިން ސްޕޮންސަރަކީ "ވޮއިސް" އެވެ. "މައި ހުޅުމާލެ ޕާކްވޮލީ ޗެމްޕިއަންޝިޕް" ކުރިއަށްދަނީ މިއަދުން ފެށިގެން މިމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

ކޮމެންޓް