ރައީސް މައުމޫންގެ އާއިލާއިން އިންތިހާބީ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

26 Sep 2018 | 17:18

ކުރީގެ ރައީސް މައުމޫންގެ އާއިލާއިން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ)ގެ އަރިހަށް އިހްތިހާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ވަނީ ރިޔާސީ އިންތިހާބުގައި އިބޫ ހޯއްދެވި ކާމިޔާބީއަށް ރައީސް މައުމޫންގެ އާއިލާއިން ވަނީ މަރުހަބާ ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމާއި، ދަރިކަނބަލުން ޔުމްނާ މައުމޫންގެ އިތުރުން އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމެވެ.

މިބައްދަލުވުމުގައި މިހާރު ޖަލު ބަންދުގައި އިންނެވި ރައީސް މައުމޫނާ އާމެދު އޮތް ކަންބޮޑުވުންތައް ވަނީ ހިއްސާ ކުރައްވާފައެވެ.

މިބައްދަލުވުން ކުރިއަށް ދިޔައީ އިބޫގެ ކެމްޕޭން އޮފީސް ކަމުގައިވާ ޝައިނިން ޓްރީ ބިލްޑިންގެ ފަސްވަނަ ފަންގިފިލާގައެވެ.

Advertisement

ކޮމެންޓް