ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 65 މީހުން!

23 Jan 2021 | 05:43

ދިވެހިރާއްޖެއިން އިތުރު 65 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 65 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 38 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 01 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 26 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،830 އަށް އަރާފައެވެ. މީގެ ތެރެއިން 64 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،731 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement