Advertisement

އެސްޖޭ ޓްރޭޑްގެ ވިޔަފާރިއަށް އާ ބޮޅެއް: އެސްޖޭ ހޯމް ޑެކޯ

02 Dec 2018 | 06:47

ކާމިޔާބު ގިނަ ވިޔަފާރިތަކެއް ކުރަމުންދާ އެސްޖޭ ޓްރޭޑް ގްރޫޕުން ގޭތެރޭގެ ޒީނަތްތެެރިކަމަށް ބޭނުންކުރާ ސާމާނުތަކާއި އެކު އެެކު އެސްޖޭ ހޯމް ޑެކޯރގެ ނަމުގައި މުޅިން އާ ފިހާރައެއް ހުޅުވައިފިއެވެ.

ހުޅުމާލޭގައި ރޭ ހުޅުވި މި ފިހާރަ ހުޅުއްވައިދެއްވީ ބޭންކް އޮފް ސިލޯންގެ ރާއްޖޭގެ ބްރާންޗްގެ ކަންޓްރީ މެނޭޖަރ ބީކޭ ސިންހައެވެ.

މި ފިހާރައިން ހޯމް އޮޓޮމޭޝަން އަށް ބޭނުންވާ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރަން ބޭނުންވާ ހުރިހާ ސާމާނެއްވެސް ލިބޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އަދި އެ ތަނުން ގަންނަ ސާމާނު އިންސްޓޯލް ކޮށްދީ، ކޮންސަލްޓެންސީ ހިދުމަތްތައް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ފިހާރަ ހުންނާނީ ބްރިޖުގެ ހައިވޭ އަށް އަރަން ދާއިރު، ހުޅުމާލޭ ބޮޑު މަގުގައި ހުންނަ މަޝްހޫރު އެސްޖޭ ހާޑްވެއާ ކައިރީގައެވެ.

އެސްޖޭ ޓްރޭޑްއަކީ ރާއްޖޭގައި ގިނަ ދާއިރާތަކެއްގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން ގެންދާ ފަރާތެކެވެ. އެގޮތުން އެފަރާތުގެ އެސްޖޭ ކޮންސްޓްރަކްޝަންއަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ކުރިއަރަމުންދާ ކުންފުންޏެކެވެ. އެގޮތުން މިސްކިތްތަކާާއި، ސްކޫލް އިމާރާތްތައް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުންވެސް އެކުންފުނިން އެސްޖޭ ހާޑްވެއާ އާއި، މައްޗަންގޯޅި ސަހަރާ އާ ދިމާލުގައި އެސްޖޭ އެލްމިނިއަމްގެ ނަމުގައި ވެސް ފިހާރަ އެއްވެސް ދަނީ ހިންގަމުންނެވެ.

Advertisement

ކޮމެންޓް