ސްރީލަންކާގެ ހެލްތު މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވެއްޖެކަމަށް ރިޕޯޓްކޮށްފި

23 Jan 2021 | 12:23

ސްރީލަންކާގެ ހެލްތު މިނިސްޓަރ ޕަވިތްރަ ވަންނިއަރައްޗީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރަން ފަށައިފިއެވެ.

އެގޮތުން ސްރީލަންކާގެ ނޫހެއްކަމަށްވާ ޑެއިލީ މިރާގައި ވަނީ ހެލްތު މިނިސްޓަރ ޕަވިތްރަ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް ބުނެފައެވެ. މިއާއި އެކު މިނިސްޓަރ ދަނީ ކަރަންޓީންގައި ހުންނަވާ ފަރުވާ ހޯއްދަވަމުންނެވެ.

އެގައުމުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ލަންކާގެ ހެލްތު މިނިސްޓަރ ޕޮޒިޓިވްކަން ފުރަތަމަ އެނގިފައިވަނީ ރެޕިޑް އެންޓިޖެން ޓެސްޓަކުންނެވެ. އެއަށްފަހު ވަނީ ޕީސީއާރު ޓެސްޓެއް ހަދައިގެންވެސް އެކަން ޔަގީންކޮށްފައެވެ.

ސްރީލަންކާގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޖުމްލަ މީހުންގެ އަދަދު ވަނީ 50،000 އަށްވުރެ އިތުރުވެފައެވެ. 

Advertisement

ކޮމެންޓް