Advertisement

އަންހެނުންނާއި ފޮށުނު ބިދޭސީއަކު ހައްޔަރުކޮށްފި

23 Jan 2021 | 17:17

މާލޭގެ މަގުމަތިން އަންހެނުންނާ ފޮށި އުނދަގޫ ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޑޮލަރު އޭޓީއެމް ކައިރިން މިއަދު 13:05 ގައި ހައްޔަރުކުރި މީހާއަކީ، އެސަރަޙައްދުގައި އަންހެނުންތަކަކާއި، ފޮށި ޢާންމުންނަށް އުނދަގޫކުރަމުންދިޔަ 50 އަހަރިގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ.

އަދި މިމައްސަލަ ތަހްގީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement