މަޝްހޫރު ޓީވީ އަދި ރޭޑިއޯ ހޯސްޓް ލެރީ ކިންގް މަރުވެއްޖެ

23 Jan 2021 | 19:25

ދުނިޔޭގެ ގިނަބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމް ހުށައެޅުންތެރިއެއްކަމަށްވާ ލެރީ ކިންގް މަރުވެއްޖެއެވެ.

އުމުރުން 87 އަހަރުގައި ކިންގް މަރުވެފައިވަނީ އުމުރުން 87 އަހަރުގައި، އެމެރިކާގެ ލޮސް އެންޖަލިސްގެ ހޮސްޕިޓަލެއްގައެވެ. އޭނާ މަރުވި ކޮން ސަބަބަކާއި ހެދިކަން އާއިލާއިން މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް، މިއަހަރުގެ ކުރީކޮޅު ކިންގްއަށް ކޮވިޑް-19 ޖެހި ހޮސްޕިޓަލްގައި އެނދުމަތި ކުރެވުނެވެ.

ދުނިޔޭގެ ގިނަބައެއްގެ މެރުގައި ލެރީ ކިންގް އެންމެބޮޑަށް މަޝްހޫރުވެގެންދިޔައީ 25 އަހަރުވަންދެން އޭނާ ސީއެންއެންގައި ހުށައަޅައިދިން "ލެރީ ކިންގް ލައިވް" ޝޯވްއިންނެވެ. މި ޝޯވްގެ ތެރެއިން އޭނާ ވަނީ ދުނިޔޭގެ ގިނަ އިސް ލީޑަރުންނާއި އިންޓަރވިއުކޮށްފައެވެ.

އެއަށްފަހުގައިވެސް އޭނާ ވަނީ އޭނާގެ ހިއްސާ އޮތް މީޑިއާ ކުންފުންޏަކާ ގުޅިގެން "ލެރީ ކިންގް ނައު" އަދި "ޕޮލިޓިކިންގ ވިތް ލެރީ ކިންގް"ގެ ނަމުގައި ޝޯވތަކެއް ގެނެސްދީފައެވެ. މި ޝޯވތައް ދައްކާފައިވަނީ ރަޝިޔާ ޓުޑޭ ޗެނަލް އަދި ހޫލޫ ސްޓްރީމިންގ ޕްލެޓްފޯމުންނެވެ. 

ކިންގް އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އޭނާ ސުވާލުކުރުމުގައި ގެންގުޅޭ ސަކަ މިޒާޖުގެ ސަބަބުންނެވެ. ސިއްހީ އެތަކެއް މައްސަލަތަކެއް މީގެކުރިންވެސް ދިމާވެފައިވާ ލެރީ ކިންގް ވަނީ 8 ކައިވެންޏެއްކޮށް، ފަސް ދަރިން ހޯދާފައެވެ.

Advertisement

ކޮމެންޓް