Advertisement

ޕިއްޒާ ކިޗަންއިން ތިންވައްތަރުގެ ތިންޕިއްޒާ މުޅިން ހިލޭ!

12 Apr 2021 | 00:26

ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޕިއްޒާ ކިޗަން ރެސްޓޯރެންޓުން ވީކްލީ ޕިއްޒާ ގިވްއަވޭއެއް ފަށައިފިއެވެ.

އެގޮތުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހެއްގައި ގުރުއަތުން ނެގޭ ފަރާތަކަށް ޕިއްޒާ ކިޗަނުން ލިބޭ ތަފާތު ރަހަތަކުގެ ޕިއްޒާތަކުގެ ތެރެއިން، ބޭނުން ތިން ވައްތަރެއްގެ ޕިއްޒާއެއް ލިބޭނެއެވެ. މި ގިވްއަވޭގައި ބައިވެރިވުމަކީ ވަރަށްވެސް ފަސޭހަ ކަމެކެވެ.

ގިވްއަވޭގައި ބައިވެރިވާން އަމަލުކުރަން ޖެހޭނެ ގޮތަކީ، ޕިއްޒާ ކިޗަންގެ ފޭސްބުކް ޕޭޖަށް ލައިކްއެއް ދިނުމަށްފަހު، ކަނޑައެޅިފައިވާ ފޭސްބުކް ޕޯސްޓްގެ ކޮމެންޓްގައި ތިން ރައްޓެހިން ޓެގްކުރުމަށްފަހު ޕިއްޒާ ކިޗަން ހޭޝްޓެގް ބޭނުންކޮށް އެ ޕޯސްޓް ޝެއަރކޮށްލާށެވެ. މިފަދައިން ޝެއަރކުރާ ޕޯސްޓްތައް ޕަބްލިކްގައި ބޭންދުމަކީ މުހިންމު ކަމެކެވެ.

ޕިއްޒާ ކިޗަނުން ލިބެން ހުންނާނީ ހަމައެކަނި ޕިއްޒާގެ ބާވަތްތަކެއް ނޫނެވެ. އޭގެ އިތުރުން ތަފާތު ބާވަތްތަކުގެ ސެލެޑް، ސޭންޑްވިޗް އަދި ފޮކޭސިޔާ ބްރެޑްތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. 

ޕިއްޒާ ކިޗަންގެ މެނޭޖްމަންޓުން މައުލޫމާތުދޭ ގޮތުގައި އެތަނުގެ ހުރިހާ އުފެއްދުންތައްވެސް ތައްޔާރުކުރާނީ ސާފުތާހިރުކަމަށް އިސްކަންދީ، އެޗްޕީއޭގެ މިންގަނޑުތަކާއިވެސް އެއްގޮތަށެވެ. މި އުފެއްދުންތައް އެ ރެސްޓޯރެންޓަށް ގޮސް ކެއުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި 3356565 ނަންބަރަށް ގުޅައިގެންވެސް އޯޑަރކުރުމުން ހުޅުމާލެ ސަރަހައްދުގައި ފްރީ ޑެލިވަރީ ކޮށްދޭނެއެވެ. މީގެ އިތުރުން 7889696 އަށް ވައިބަރ ކޮށްލައިގެންވެސް ޕިއްޒާ އޯޑަރ ކުރެވޭނެއެވެ.

Advertisement

ކޮމެންޓް