އަންހެނުންތަކަކާ ފޮށިގެން ހައްޔަރުކޮށްފައިވަނީ މިސްކިތުގައި ބަރަހަނާވި މީހާ!

24 Jan 2021 | 13:39

އަންހެނުންތަކަކާ ފޮށިގެން މިއަދު ހައްޔަރުކުރި މީހާ އަކީ ބަރަހަނާ ހާލުގައި ހުރެ އިސްލާމީ މަރުކަޒަށް ވަތް ބަންގްލަދޭޝްގެ މީހާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުނުން ވަނީ ބުދަ ދުވަހުގެ މެންދުރު 13:05 ހާއިރު މާލެ ޑޮލަރު އޭޓީއެމް ކައިރިން އަންހެނުންތަކަކާ ފޮށި، އާންމު އުނދަގޫ ކުރަމުން ދިޔަ އުމުރުން 50 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. 

ފުލުހުން ބުނެފައިވަނީ މިމައްސަލާގައި ހައްޔަރުކުރީ މިމަހުގެ 21 ވަނަ ދުވަހުގެރޭ ބަރަހަނާކޮށް ހުރެގެން އިސްލާމީ މަރުކަޒަށް ވަދެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާ ކަމަށެވެ.

ބަރަހަނާކޮށް ހުރެގެން އިސްލާމީ މަރުކަޒަށް ވަދެގެން އެމީހާ ހައްޔަރުކުރުމަށްފަހު އޭނާ ދޫކޮށްލާފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފުލުހުން ބުނީ އޭނާ ދޫކޮށްލާފައިވާ ކަމަށާއި، އެމީހާ ދޫކޮށްލި ނަމަވެސް އެމީހާގެ ސްޕޮންސާ އާއި ގުޅިގެން އޭނާ ބަނަގްލަދޭޝަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އެމީހާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement