Advertisement

ޓިއުޝަން ކްލާސްތަކާ ގުރުއާން ކްލާސްތައް ހިންގުމުގެ ހުއްދަދީފި

24 Jan 2021 | 15:15

ގިނަ މަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ޓިއުޝަން ކްލާސްތަކާއި ގުރުއާން ކްލާސްތައް އަލުން ހިންގުމުގެ ހުއްދަދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޓިއުޝަން ކްލާސްތަކާ ގުރުއާން ކްލާސްތައް ހިންގުމުގެ ހުއްދަ އެފަރާތްތަކުން ދީފައިވާ ކަމަށެވެ. އެހެންކަމުން އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓަރކޮށްފައިވާ ޓިއުޝަން އަދި ގުރުއާން ކްލާސްތައް މިއަދުން ފެށިގެން ހުޅުވައިގެން ޚިދުމަތް ދިނުން އެންމެ ރަނގަޅުކަމަށް ވަނީ ބުނެފައެވެ.

މިތަންތަން ހިންގަންވާނީ ކޮވިޑް-19އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކަށް ފެތޭނެގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގައިކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ގިނަ މަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ދާދިފަހުން މާލޭ ސަރަހައްދުގެ ސްކޫލްތައްވެސް ވަނީ ހުރިހާ ގްރޭޑްތަކަކަށް ހުޅުވާލާފައެވެ. މި ސްކޫލްތައް ހުޅުވާލެވިފައިވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮޓޯ: ކުޅުދުއްފުށި އޮންލަައިން

Advertisement

ކޮމެންޓް