Advertisement

ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލު ގެނެސްފި

24 Jan 2021 | 18:02

ގައިޑްލައިންތަކާ އެއްގޮތަށް ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓު އަދި ކެންޓީނުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިރެއިން އިން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ފަތިހު 4:30 އިން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މިފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 11:30 އާ ހަމައަށެވެ.

މި ބަދަލު ގެނައީ ކޮވިޑް19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ގެނައި ބަދަލާއެކު ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement