Advertisement

ދޫނިދޫގައި ފުލުހުންނަށް ޚާއްސަކޮށްގެން އަޅާ އެކޮމޮޑޭޝަން އިމާރާތުގެ ބިންގާ އަޅައިފި

24 Jan 2021 | 18:26

ފުލުހުންނަށް ޚާއްސަކޮށްގެން ދޫނިދޫގައި އަޅާ އެކަމަޑޭޝަންގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މިއަދު ހެނދުނު ދޫނިދޫގައި ބޭއްވި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެއިމާރާތުގެ ބިންގާ އެޅުއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއެވެ.

އަދި މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުން އަދި ދޫނިދޫގައި މަސައްކަތްކުރާ ފުލުހުން ވަނީ ބައިވެރިވެފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، މުއައްސަސާއެއް ކުރިއަރައި ދިއުމަށްޓަކައި ނުވަތަ ޚިދުމަތް ފުރިހަމަކުރުމަށްޓަކައި ދެކަމެއް ބޭނުންވާކަމަށެވެ. އެގޮތުން މަސައްކަތްކުރާ މުވައްޒަފުން އެކަމަށް ބޭނުންވާ ފުރިހަމަ ޤާބިލްކަމާއި ހުނަރު އުފައްދައި އެކަމަށް ދޭ އަހަމިއްޔަތުކަން ފުރިހަމަވެފައި އޮތުމާއި އެކަމަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ޤާއިމްވެ، ޙާސިލްވެފައި ހުރުމަކީ މުޙިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.

އަދި ފުލުހުންގެ މުއައްސަސާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިން މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޢިމްރާން ވިދާޅުވީ، މިއަދު ދޫނިދޫގައި ބިންގާ އެޅިގެންދާ ޢިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަރަށް ބޮޑު ލުއިފަސޭހަ ތަކެއް ވެގެންދާނެ އިމާރާތެއް ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ފުލުހުން ވިދާޅުވީ، ދޫނިދޫގައި ބިންގާ އެޅުނު އައު ޢިމާރާތަކީ ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެކި ކުށްތަކުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ކެއިން ބުއިމުގެ އިންތިޒާމު މިހާރަށްވުރެ ރަނގަޅުކުރުމަށާއި ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމަޑޭޝަން އާއި އޮފީސް ހިންގުމަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިމާރާތެކެވެ.

އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ހަ ފަންގިފިލައަށް އިމާރާތްކުރާ މި އިމާރާތުގައި މެސްރޫމާއި ބަދިގޭގެ އިތުރުން މުވައްޒަފުންގެ އެކޮމަޑޭޝަން ބްލޮކްތަކާއި ވީއައިޕީ އެކޮމަޑޭޝަން ބްލޮކަކާއި އޮފީސް ބަޔަކާއި ކުލާސް ރޫމް އަދި ކޮންފަރެންސް ރޫމެއް ހިމެނޭނެއެވެ.

Advertisement

ކޮމެންޓް