Advertisement

ފުވައްމުލަކު އަމާން ވެއްޓަށް 11 ކުއްޖަކު ބަދަލުކޮށްފި

24 Jan 2021 | 21:13

ކުޑަކުދިންގެ ހިޔާ އާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުދިންގެ ތެރެއިން 11 ކުއްޖަކު ޏ. ފުވައްމުލަކު "އަމާން ވެއްޓަށް" ބަދަލު ކޮށްފިއެވެ.މިކުދިން ފުވައްމުލަކު ސިޓީގެ އަމާން ވެއްޓަށް ގޮސްފައިވަނީ ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއާއި އެކުގައެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ފިޔަވަތީގައި ދިރިއުޅެމުންދިޔަ ކުދިންތަކެއް ށ.ފުނަދޫ އަމާން ވެއްޓަށް ބަދަލުކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އެކުދިން އެރަށުގެ އަމާން ވެއްޓަށް ބަދަލުކުރީ އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލޭގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުން ކަމަށްވެސް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް