Advertisement

ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް ނަހުލާގެ "ހުވާ" ދައްކަން ފަށައިފި

02 Dec 2018 | 13:10

ރާއްޖޭގައި ނެރޭ އެންމެ ފުރަތަމަ ވެބް ސީރީޒް ދިވެހި މުނިފޫހިފިލުވުމުގެ އެޕްލިކޭޝަން ބައިސްކޯފުން ދައްކަން ފަށައިފިއެވެ.

މި ސީރީޒްއަކީ މަޝްހޫރޫ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ގެ އަސަރުގަދަ ސްކިރިޕްޓްގެ މައްޗައް ހަދާފައިވާ ސީރީޒްއެކެވެ. މި ސީރީޒް ޑައިރެކްޓް ކޮށްފައިވަނީ ފާތިމަތް ނަހުލާ، އަދި ފައިސަލް އެވެ.

"ވޮއިސް" އާ ވާހަކަ ދައްކަމުން ނަހުލާ ވިދާޅުވިގޮތުގައި ހުވާގެ އާ އެޕިސޯޑު ކޮންމެ ބުރާސްފަތި އަދި ހޯމަ ދުވަހެއްގައި އަޕްލޯޑް ކުރާނެ ކަމަށެވެ.

މި ސީރީޒްގެ މައިގަނޑު ކާސްޓުންނަކީ ޔޫއްޕެ، ރަވީ ފާރޫގް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމް އެވެ.

ކޮންމެ އެޕިސޯޑަކީ 10-12 މިނެޓުގެ އެޕިސޯޑެއް ކަމަށެވެ. އަދި 70 އަށްވުރެ ގިނަ އެޕިސޯޑު ދެއްކުމަށް ހަމަ ޖެހިފައިވާކަމަށް ނަހުލާ ވިދާޅުވިއެވެ.

ބައިސްކޯފްގެ އެޕް މިހާރު އައިފޯން އެޕް ސްޓޯއިންނާއި އެންރޮއިޑް ޕްލޭސްޓޯއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

Advertisement

ކޮމެންޓް