އެލްއެފް ފުޓްސަލް ކަޕް 2021 ވަރަށް އަވަހަށް ފެށެނީ، ތައްޔާރުތަ؟

26 Jan 2021 | 13:58

އެމްވީ ޔޫތު އަދި ހުޅުމާލޭ ޔޫތު މޫވްމެންޓް (އެޗްވައިއެމް)އިން ގުޅިގެން އިންތިޒާމްކުރާ އެލްއެފް ފުޓްސަލް ކަޕް 2021ގެ ގުރުއަތުލުން މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

ހުޅުމާލޭގެ ރެހެންދި ސްކޫލް ކައިރީގައިވާ ދެ ނަންބަރު ޓާފް ދަނޑުގައި ބާއްވާ މި މުބާރާތް ކުރިއަށްގެންދިއުމަށް ރޭވިފައިވަނީ އަންނަ ފެބްރުއަރީމަހުގެ 1ވަނަ ދުވަހުން ފެށިގެން 11ވަނަ ދުވަހުގެ ނިޔަލަށެވެ.

"ވޮއިސް"އަށް މައުލޫމާތުދެއްވަމުން މި މުބާރާތުގެ ހިންގާ ކޮމެޓީގެ އިސްވެރިޔާ ހަސަން ޝަހީދު ވިދާޅުވީ ޖުމްލަ 32 ޓީމް ބައިވެރިވާ މި މުބާރާތް އޮންނާނީ އެކި ސްޓޭޖްތަކަށް ކަމަށެވެ. އެގޮތުން ގްރޫޕް ސްޓޭޖް، ގަދަ 16، ކުއާޓަރ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލް އޮންނާނެކަމަށް ޝަހީދު ވިދާޅުވިއެވެ. ސެމީ ފައިނަލް ހިސާބަށް މެޗްތައް އިންތިޒާމްކުރެވޭނީ ގުރުއަތުލައިގެންނެވެ.

މިއީ ހުޅުމާލޭގެ ޖަމްއިއްޔާއަކުން އިންތިޒާމްކޮށްގެން މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އަގުބޮޑު މުބާރާތްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ.

އެލްއެފް ފުޓްސަލް ކަޕްގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާވެސް ދޭން ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ "ވޮއިސް" އެވެ.

Advertisement

ކޮމެންޓް