Advertisement

އާރްޑީސީގެ މަސައްކަތްތައް މާލެއާ އަތޮޅުތެރޭގައި ހަލުވި މިނެއްގައި ކުރިއަށް!

26 Jan 2021 | 15:48

މާލެއާއި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ތަރައްގީކުރުމަށް އުފައްދާފައިވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން މާލެއާ އަތޮޅު ތެރޭގައި އެކުންފުނީގެ މުހިންމު މަޝްރޫއުތަކެއް ހަލުވި މިނެއްގައި އެބަ ކުރިއަށްގެންދެއެވެ.

އެގޮތުން އެކުންފުނިން މިހާރު ހިންގަމުންދާ އެންމެ ބޮޑު އެއް މަޝްރޫއުއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށްޓަކައި ހިންގަމުންދާ މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓެވެ. މާލޭ ސިޓީ ކައުންސިލް، ޕްލޭނިންގ މިނިސްޓްރީ އަދި އާރްޑީސީން ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުއިން މާލޭގެ މަގުތަކަށް ޒަމާނުއްސުރެ ދިމާވެފައިވާ ތޮއްޖެހުމާއި ފެންބޮޑުވުމުގެ މައްސަލައަށް ރަނގަޅު ލުޔެއް ލިބިގެންދާނެކަމަށް އެކުންފުނިން އުންމީދުކުރެއެވެ.

އެގޮތުން މި މަޝްރޫއުގެ ތެރެއިން މިހާތަނަށް ވަނީ މާލޭގައި އެންމެ ގިނައިން ވާރޭވެހި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ އެއް މަގުކަމަށްވާ ކަނބާ އައިސާރަނި ހިނގުން، ރަނގަޅު ފެންވަރަކަށް އަލުން ހެދުމަށްފަހު ހުޅުވާލާފައެވެ. އަދި މިވަގުތު މާލޭގެ ޝަހީދުއަލީ ހިނގުން ބްލޮކް 1، މުނިޔާ މަގު އަދި ފުލޫނިޔާ މަގުވެވެސް މަސައްކަތްވެސް ހަލުވިމިނެއްގައި ދަނީ ކުރެވެމުންނެވެ.

އެކުންފުނިން މާލޭގައި ހަދަމުންދާ މަގުތައް ހަދަމުންދަނީ އެ ސަރަހައްދުތައް ކޮނުމަށްފަހު، ރަނގަޅަށް ކޭބަލްތައް މެނޭޖްކޮށް ގާ އެތުރުމަށްފަހުގައެވެ. އަދި މިމަގުތަކުގެ ދުވާރުތަކަކީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެފަދަ ތަންތަނަށް ވަނީ ހަދާފައެވެ

މީގެއިތުރުން އާރްޑީސީން ދަނީ ރާއްޖޭގެ އާބާދީގެ ގޮތުން މީހުން ގިނަ ރަށްރަށުގައިވެސް މަގުހެދުމާއި ލޭންޑްސްކޭޕިންގގެ މަޝްރޫއުތަކެއް ހަލުވި ވި މިނެއްގައި ހިންގަމުންނެވެ. އެގޮތުން އައްޑޫ ސިޓީ، އދ.މާމިގިލި، ގދ.ގައްދޫ، ގދ.ތިނަދޫ އަދި ށ.ނިލަންދޫ ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް