އަންނަ ހުކުރު ދުވަހު އިދިކޮޅުން ރާއްޖޭގައި އިހުތިޖާޖުކުރަނީ

27 Jan 2021 | 07:52

އަންނަ ހުކުރު ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން މުޅި ރާއްޖޭގައި އިޙުތިޖާޖުކުރުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ އެއޮޕީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބް ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންއަށް ސަޕޯޓުކުރާ ހުރިހާ ފަރާތްތަކުން އަންނަ ހުކުރު ދުވަހުގެ ހަވީރު މަގުމަތީ ޙަރަކާތަށް ނިކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.އަދި ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލާ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެކޯލިޝަންގެ މެމްބަރުން އިހުތިޖާޖުކުރާނެ ކަމަށެވެ.

"އިންސާފް ކޮބާ" ގެ ނަމުގައި ކުރިއަށް ގެންދާ މި އިޙުތިޖާޖު ފެށުމަށް ހަމަޖެހިފައިވަަނީ މާފަންނު ސޯޝަލް ސެންޓަރު ކައިރިންނެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، އަންނަ ހުކުރު ދުވަހު ރާއްޖޭގައި ކުރިއަށް ގެންދާ އިހުތިޖާޖަކީ، ރާއްޖޭގައި ގެއްލެމުންދާ އިންސާފު ހޯދައިިދިނުމަށާއި، ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް އިންސާފު ހޯދުމުގެ މަޤްސަދުގައި ކުރާ އިހުތިޖާޖެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ، މިއިހުތިޖާޖަކީ ސުލްޙަވެރިކަމާއެކު ބާއްވާ އިޙުތިޖާޖެއް ކަމަށާއި، އިޙުތިޖާޖު ބާއްވާނީ ކަމާބެހޭ ފަރާތްތަކެއްގެ ހުއްދަ ހޯދައިގެން ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement