މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ދަޢުވަތު އެރުވި ބޭފުޅުންގެ ޢަދަދު މަދުކޮށްފި!

28 Jan 2021 | 23:12

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ދައުވަތު އެރުވުނު ބޭފުޅުންގެ އަދަދު މަދުކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން ނެރުނު އިޢުލާނެއްގައި ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ފުރަތަމަ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވާ މީހުންގެ ޢަދަދު މަދުކުރީ އެޗޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ޖަލްސާ ކުރިއަށް ގެންދިޔުމަށެވެ.

އެހެންކަމުން މި ޖަލްސާއަށް ދަޢުވަތު އެރުވިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގައި ތިއްބަވާ ބޭރު ދައުލަތްތަކުގެ ސަފީރުންނާއި، ހައިކޮމިޝަނަރުންނަށް ކަމަށް މަޖިލީހުން ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ދަޢުވަތު އަރުވާފައިވާ ބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް އެރުވިފައިވާ ދަޢުވަތު މިހާރު ކެންސަލްކޮށްފައިވާ ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް