Advertisement

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ޓެކްސީ ދަތުރު ކުރާ އަގުތައް ކަނޑައަޅައިފި!

04 Feb 2021 | 12:59

ހުޅުމާލޭ ދެވަނަ ފިޔަވަހިއަށް ޓެކްސީ ދަތުރުކުރާ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.

އެ އޮތޯރިޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފެބުރުވަރީ 10 ވަނަ ދުވަހުން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރާ ޓެކްސީ ދަތުރު ތަކަށް އަގުނަގާ ގޮތް ކަނޑައަޅާފައިވާ ކަމަށެވެ.

މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިއަށް ކުރާ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަކަކީ:

މާލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/90 ރުފިޔާ

ހުޅުމާލެ 2 ވަނަ ފިޔަވަހި - މާލެ ދަތުރެއްގެ އަގު -/90 ރުފިޔާ

ހުޅުމާލެ 2 ވަނަ ފިޔަވަހި - ހުޅުލެ ދަތުރެއްގެ އަގު -/75 ރުފިޔާ

ހުޅުލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/75 ރުފިޔާ

ހުޅުމާލެ ފިޔަވަހި 1 - ހުޅުމާލެ ފިޔަވަހި 2 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

ހުޅުމާލެ ފިޔަވަހި 2 - ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

އެ އިއުލާނުގައި ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނަގާ އަގުތައްވެސް ހިމަނާފައެވެ.

Advertisement

ކޮމެންޓް