ނިއުޔޯކްގައި ކަޝްމީރަށް ޚާއްސަ ދުވަހެއް ފާހަގަކުރަނީ

06 Feb 2021 | 14:55

އެމެރިކާގައި އާބާދީގެ ގޮތުން އެންމެ ބޮޑު ޝަހަރުކަމަށްވާ ނިއުޔޯކްގައި ކަޝްމީރަށް ޚާއްސަކޮށްގެން ދުވަހެއް ފާހަގަކުރަން ނިންމައިފިއެވެ.

އެގޮތުން ނިއުޔޯކްގެ ސްޓޭޓް އެސެމްބްލީން ވަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީމަހުގެ 5ވަނަ ދުވަހަކީ "ކަޝްމީރު އެމެރިކަން ޑޭ"ގެ ގޮތުގައި ފާހަގަކުރުމަށް ގަރާރެއް ފާސްކޮށްފައެވެ. މިއީ މިފަދައިން ކަޝްމީރާ ގުޅޭ ދުވަހެއް ފާހަގަކުރުމަށް އެމެރިކާގެ ޝަހަރަކުން ނިންމި ފުރަތަމަ ފަހަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެއަކީ ކަޝްމީރު ސޮލިޑަރިޓީ ޑޭގެ ނަމުގައި ޕާކިސްތާނުން ފާހަގަކުރި ދުވަހެވެ. މި ދުވަހުގެ މަގްސަދަކީ ޖައްމޫ އަދި ކަޝްމީރުގެ އިންޑިއާގެ ބާރުގެ ދަށުގައިވާ ސަރަހައްދުގައި އެގައުމުން ހިންގަމުންދާކަމަށް ތުހުމަތުކުރެވިފައިވާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، އެކަންކަން ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެނައުމެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެވެސް ވަނީ ނިއުޔޯކްގެ ބައެއް އިލެކްޓްރޯނިކް ބިލްބޯޑްތަކަށް ކަޝްމީރުގެ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކެއް އަރުވާފައެވެ.

ޖައްމޫ އަދި ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައަކީ އިންޑިއާއާ ޕާކިސްތާނަށް މިނިވަންކަން ލިބުނުފަހުން މިއަދާއި ހަމައަށްވެސް ހައްލުނުކުރެވި އޮތް މައްސަލައެކެވެ. އެ ސަރަހައްދުގެ މިލްކުވެރިކަމަށް ދެގައުމުންވެސް ދައުވާކުރެއެވެ.

Advertisement

ކޮމެންޓް

Advertisement