Advertisement

ތުރުކީގެ ޓީވީސީރީޒް ރެޒަރެކްޝަން އެރްތުގުރްލޫ ބަލާފައި އިސްލާމްވެއްޖެ

06 Feb 2021 | 16:07

ތުރުކީގެ ޓީވީ ސީރީޒްއެއްކަމުގައިވާ ރެޒަރެކްޝަން: އެރްތުގުރްލޫ ބެލުމަށްފަހު އެމެރިކާގެ އަންހެނަކު އިސްލާމްވެއްޖެއެވެ. ތުރުކީގެ އަންދަލުސް ނިއުސްއެޖެންސީއަށް އެއަންހެންމީހާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާއަށް ތުރުކީގެ ސީރީސް އަޅައިގަތީ ނެޓްފްލިކްސް ހާވަމުންދަނިކޮށްކަމުގައެވެ.

" ނެޓްފްލިކްސްއިން އެފެނިގެން ކުޑަކޮށް އޭގެ ތަފްސީލު ކިޔާލުމަށްފަހު އަހަރެން ބަލަންފެށީ. ވަރަށް މަދު އެޕިސޯޑެއް ބެލުމަށްފަހު އަހަރެން ވަރަށް ބޮޑަށް ޝައުގުވެރިވެއްޖެ. އެއީ އެއްގޮތަކަށްވެސް އަހަރެން ނުދަންނަ ތާރީޚެއް. ޚާއްސަކޮށް އެސީރީޒްގައި ފެންނަ މުހުޔިއްދީން އިބްނި އަރަބީގެ ވާހަކަތަކުން އަހަންނަށް އާހަޔާތެއް ފެންނަންފެށި. ވަރަށް ބޮޑަށް އަހަރެން ވިސްނަންފެށިން. ބައެއް ފަހަރު ރޮވޭ" ބެޕްޓިސްޓް ކެތަލިކެއްގެ ގޮތުގައި ހުރި އަންހެން މީހާ މިހާރުވަނީ އިސްލާމް ވުމަށްފަހު އޭނާގެ ނަން ޚަދީޖާއަށް ބަދަލުކޮށްފައެވެ.

" އަހަރެންގެ ހިތުގައި އުފެދިފައިހުރި ހުރިހާ ސްވާލުތަކެއްގެ ޖަވާބު ލިބިގެންދިޔަ. ދެން އަހަރެން ގުރުއާންގެ އިނގިރޭސި ތަރުޖަމާ ކިޔަންފެށީ. މުސްލިމަކަށް ވާން ނިންމުމަށްފަހު އެންމެ ކައިރީގައިވާ މިސްކިތެއް ހޯދައި އެތަނަނަށް ދިއުމުން މީހުން ނަމާދުކުރާތަންފެނުނީމާ ވަރަށް ބޮޑު ޝޮކަކަށްވީ. ހަމަ އެދުވަހު އަހަރެން އިސްލާމްވީ." އިސްލާމްވެ އޭނާގެ ނަން ޚަދީޖާއަށް ބަދަލުކުރުމުން ރަށްޓެހިން ދެކުނީ އޭނާގެ ސިކުނޑި ބަޔަކު ދޮވެލާފައިވާކަމަށެވެ. އޭނާގެ ހަކުދިންނަށްވެސް މިހާރު އޭނާ އިސްލާމްވެފައިވާކަމަށް ގަބޫލުކުރެވޭނެކަމަށް ބުންޏެވެ.

" އަހަރެން ތުރުކީގެ މިސީރީޒްބަލާތީ އެންމެފަހުން އަހަރެންގެ އެންމެ ހަގު ދަރިފުޅަށް ޔަގީންކުރެވިއްޖެ. ދެންތިބި ކުދިންނަށްވެސް މިހާރު އެގޭނެ. އެކަމަކު އެމީހުން ނުއެއް އަހާ"

ރެޒަރެކްޝަން: އެރްތޮގުރްލޫއަކީ ތުރުކީގެ ގޭމް އޮފް ތްރޯންގެ ގޮތުގައި ނެޓްފްލިކްސްގައި މިހާރު ވަރަށް މަޝްހޫރުވެފައިވާ ޓީވީ ސީރީޒްއެކެވެ. މިއީ 13 ވަނަ ގަރުނު އޮޓަމަންއެމްޕަޔަރ އުފެދުމަށް މެދުވެރިވި ވާހަކަތައް ގެނެސްދޭ ސިލްސިލާއެކެވެ.

Advertisement

ކޮމެންޓް