ޕިއްޒާ ކިޗަނުން ރޭގަނޑު ޓޭކްއަވޭ ހަދާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއް!

12 Apr 2021 | 00:26

ހުޅުމާލޭގެ ޕިއްޒާ ކިޗަނުން ކޮންމެ ދުވަހެއްގެ ރޭގަނޑުގެ ވަގުތުތަކުގައި ޓޭކްއަވޭ ހަދާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެއްދޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހެއްގެ ރޭގަނޑު 8-10ގެ ވަގުތުތަކުގައި ޕިއްޒާ ކިޗަނުން ޓޭކްއަވޭކުރާ ކޮންމެ އެއްޗަކަށް 20 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕިއްޒާ ކިޗަނުން ލިބެން ހުންނާނީ ހަމައެކަނި ޕިއްޒާގެ ބާވަތްތަކެއް ނޫނެވެ. އޭގެ އިތުރުން ތަފާތު ބާވަތްތަކުގެ ސެލެޑް، ސޭންޑްވިޗް އަދި ފޮކޭސިޔާ ބްރެޑްތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ޕިއްޒާ ކިޗަންގެ މެނޭޖްމަންޓުން މައުލޫމާތުދޭ ގޮތުގައި އެތަނުގެ ހުރިހާ އުފެއްދުންތައްވެސް ތައްޔާރުކުރާނީ ސާފުތާހިރުކަމަށް އިސްކަންދީ، އެޗްޕީއޭގެ މިންގަނޑުތަކާއިވެސް އެއްގޮތަށެވެ. މި އުފެއްދުންތައް އެ ރެސްޓޯރެންޓަށް ގޮސް ކެއުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި 3356565 ނަންބަރަށް ގުޅައިގެންވެސް އޯޑަރކުރުމުން ހުޅުމާލެ ސަރަހައްދުގައި ފްރީ ޑެލިވަރީ ކޮށްދޭނެއެވެ. މީގެ އިތުރުން 7889696 އަށް ވައިބަރ ކޮށްލައިގެންވެސް ޕިއްޒާ އޯޑަރ ކުރެވޭނެއެވެ.

Advertisement

ކޮމެންޓް