ބީއެމްއެލްގެ ކާޑްތަކުން ކުރާ ވިޔަފާރިތަކަށް ޑިސްކައުންޓް ލިބޭ ޕްރޮގްރާމެއް!

07 Feb 2021 | 13:36

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބީއެމްއެލް އޮފަރސް ޕޯޓަލް ތައާރަފްކޮށްފިއެވެ.

މިއީ މަރޗެންޓުންނާ ގުޅިގެން ބީއެމްއެލް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް %25 އާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތަށް ތައާރަފް ކުރެވުނު ޕްރޮގްރާމެކެވެ.

މި ގޮތުން ބީއެމްއެލް އޮފަރސް ޕޯޓަލްގައި ލިސްޓު ކުރެވިފައިވާ ފިހާރަތަކުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. ލިސްޓު ކުރެވިފައިވާ ވިޔަފާރިތަކުގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި، ރެސްޓޯރަންޓް، ފަރުނީޗަރު އަދި ހެދުން ވިއްކާ ފިހާރަތަކާއި ކޮސްމެޓިކްސް ފިހާރަ ތަކުގެ އިތުރުން ގިނަ ފިހާރަތަކެއް ހިމެނެއެވެ.

ބީއެމްއެލް އޮފަރ ޕޯޓަލްއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް https://offers.merchants.bankofmaldives.com.mv/އިން ލިބޭނެއެވެ.

Advertisement

ކޮމެންޓް