އެސްޓްރާޒެނެކާގެ ވެކްސިންދިނުން ދެކުނު އެފްރިކާއިން ހުއްޓާލައިފި

08 Feb 2021 | 15:48

ދެކުނު އެފްރިކާގައި ފާޅުވެގެން ފެތުރެމުންދާ ކޮރޯނާވައިރަސްގެ ވައްތަރަށް އެސްޓްރާޒެނެކާގެ ވެކްސިނުން އެންމެ ފުރިހަމަގޮތުގައި ފަރުވާ ނުލިބޭތީ ދެކުނުއެފްރިކާއިން އެސްޓްރާޒެނެކާގެ ވެކްސިން ދިނުން ހުއްޓާލައިފިއެވެ.

އެހެންނަމަވެސް އިނގިރޭސިވިލާތުންބުނަނީ އެގައުމުގައި މައިގަނޑުގޮތެއްގައި ފެތުރޭ ވައްތަރަކީ އެގައުމުން ފެނިގެން އުޅޭ ކޮރޯނާވައިރަސްގެ ވައްތަރުކަމަށްވުމުން އެއަށް އެސްޓްރާޒެނެކާގެ ވެކްސިނުން ފަރުވާ ލިބޭތީ އެގައުމުގައި ވެކްސިންދިނުން ކުރިއަށްދާނެކަމަށެވެ.

އިނގިރޭސިވިލާތުން އަދި ފެނިފައިވަނީ ދެކުނުއެފްރިކާއިން ފެނިގެންއުޅޭ ވައްތަރުގެ 147 ކޭސްއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގެ ވެކްސިން ދިރާސާކުރި ޕްރޮފެސަރަކު ވިދާޅުވީ މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އާއްމުކޮށް ވެކްސިންގައި ދިމާވާ މައްސަލައެއްކަމަށެވެ.

މިއާއެކު ދެކުނުއެފްރިކާގެ ކޮރޯނާވައިރަސް ކޮންޓްރޯލްކުރެވޭ މިންވަރަށް ވެކްސިން މޮޑިފައިކޮށް އައުވާޝަނެއް މިއަހަރުގެ ފަހުކޮޅު ހިސާބުގައި ނެރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނުއެފްރިކާގެ ވައިރަސް ކޮންޓްރޯލްކުރުމުގައި އެސްޓްރާޒެނެކާގެ ވެކްސިނުން ފުރިހަމައަށް މަސައްކަތް ނުކުރުމުގެ މާނައަކީ ދުނިޔެއިން ކޮވިޑާއި ދެކޮޅަށް ކުރާ ހަގުރާމަ އެތައް ގޮތަކުން ދިގުދެމިގެން އަދި އަގުބޮޑުވެގެންދިއުމެވެ. ފައިޒާވެކްސިނަކީ އާދައިގެ ފަގީރުގައުމުތަކަށް ގެންގުޅޭވަރަށްވުރެ އަގުބޮޑު އުދަގޫ ނިޒާމެއްގެތެރޭގައި ގެންގުޅެންޖެހޭ ވެކްސިނަކަށްވިޔަސް އެސްޓްރާޒެނެކާ ވެކްސިން ގެންގުޅުމުގައި އެފަދަ ތަކްލީފްތަކެއް އުފުލާކަށް ނުޖެހެއެވެ.

Advertisement

ކޮމެންޓް