8 ދުވަސްތެރޭ އެޗްޕީއޭ މިންގަނޑާ ހިލާފުވެގެން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޖޫރިމަނާކޮށްފި

09 Feb 2021 | 14:14

ޖެނުއަރީ 31 އިން ފެބްރުއަރީ އަށެއްގެ ނިޔަލަށް، މާސްކު ނާޅާ އުޅުނު 1،551 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކުރި ތަފާސް ހިސާބަށް ބަލާއިރު، ކޮވިޑު 19 އިން ރައްކާތެރިވުމަށާއި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ހިލާފުވެގެން 2،744 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

އޭގެ ތެރެއިން 1551 މީހުން ޖޫރިމަނާ ކޮށްފައި ވަނީ މާސްކު ނާޅާ ބޭރުތެރޭގައި އުޅުމުން ކަމަށް ފުލުހުން ޢާންމުކުރި ތަފާސް ހިސާބުތަކުން ފާހަގަވެއެވެ. އަދި ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 988 މީހުން ޖޫރިމަނާ ކޮށްފައި ވާއިރު، ވެހިކަލް ދުއްވުން މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން 271 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ކާފިއު އާއި ހިލާފުވި 988 މީހަކުވެސް އެ މުއްދަތުގައި ވަނީ ޖޫރިމަނާ ކޮށްފަ އެވެ.މާސްކު ނާޅައި ބޭރުގައި އުޅުނު މީހުންގެ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ އަދަދު މިލިއަނަކާ ގާތްކުރެއެވެ.

Advertisement

ކޮމެންޓް