Advertisement

މިއަދު ރައީސް ޞާލިހް ބަދަލުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާނީ މަބުރޫކް!

10 Feb 2021 | 14:22

އަށްމަސް ދުވަހަށްފަހު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވިގޮތުގައި މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާނީ މިފަހުން ސަރުކާރުގެ ތަރުޖަމާނުގެ މަޤާމަށް އައްޔަންކުރެވުނު މަބްރޫކް އަޒީޒެވެ.

ރައީސް ޞާލިޙް ނޫސްވެރިންނާއި ބައްދަލުނުކުރައްވާ މައްސަލާގައި ގިނަ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ރައީސް ޞާލިޙް އެންމެ ފަހުުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވަނީ މިއަހަރުގެ ޖޫން 23 ގައެވެ. އެފަހުން އަދި ހުޅުވާލެވިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިނުވެއެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ބައެއް ޗެނަލްތަކަށާއި ނޫސްތަކަށް ކޮންމެވެސް ވަރަކަށް ބަސްދީގަތުން ދެއްވާފައިވެއެވެ.

ޤައުމުގެ ބޮޑެތި މައްސަލަތަކުގައި ރައީސް ދެކޭގޮތް ހާމަކުރެއްވުމުގެ ބަދަލުގައި އެމަނިކުފާނު ކުރައްވާ ކުރު ޓުވީޓަކުން ހަބަރު ހަދަންޖެހުމުން މިކަމުގެ ކަންބޮޑުވުމާއި ހަބަރު ފެތުރުމުގައި ކުރިމަތިވާ ދަތިތަކުގެ ވާހަކަ ތަކުރާރުކޮށް ނޫސްވެރިން އަންނަނީ ރައީސް އޮފީހުގެ މީޑީއާ ގައި ހިއްސާކުރަމުންނެވެ.

ރައީސް ޞާލިޙް މީޑިއާތަކާއި ކުރިމަތި ނުލެއްވި ނަމަވެސް އެމަނިކުފާނުވަނީ ސަރުކާރަށް ވާގިވެރިވާ ރާއްޖެ ޓީވީއަށް އަރައި އިންޓަވިއުތައް ދެއްވާފައިކަން ފާހަގަކުރައްވައެވެ. ޤައުމުގެ ބޮޑެތި މައްސަލަތަކުގެ ވާހަކަތަކުގެ ބަދަލުގައި މިފަދަ އިންޓަވިއުތަކުގައި އެމަނިކުފާނު ދައްކަވާފައިވަނީ އެމަނިކުފާނުގެ ޒާތީ ހަޔާތްޕުޅާއި ގުޅުންހުރި ވާހަކަތައްކަން ފާހަގަކޮށްލަންޖެހެއެވެ.

މިއަދު ރައީސް އޮފީހުން ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ 2:30 ގައެވެ

Advertisement

ކޮމެންޓް