Advertisement

އެސްޓީއޯ ރަމަޒާން ބާޒާރު 2021 މިއަދު ފެށިއްޖެ، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް!

11 Feb 2021 | 13:11

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފަރާތުން ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ކުރިއަށްގެންދާ ރަމަޒާން ބާޒާރުގެ މިއަހަރުގެ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ރަމަޒާން ބާޒާރު ކުރިއަށްދާނީ 11 ފެބްރުއަރީން 22 އޭޕްރީލްއަށެވެ. މި ޕްރޮމޯޝަނުން ވަނަތަކަށްދާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ހިމެނޭ ޕެކޭޖްތަކެއް ލިބިގެންދާނެއެވެ.

އެއްވަނަ އިނާމުގެ ތެރޭގައި ހިމެނެނީ ފިލިޕްސް އެލްއީޑީ ޓީވީ 55"، ހިޓާޗީ ފްރިޖް، ޓެކްނޯ ދޮންނަ މެޝިން، ފިލިޕްސް ސައުންޑް ބަރ އަދި ސެންފޯޑް އަވަނެކެވެ. ދެވަނައަށް ދޭ އިނާމް ތަކަކީ ފިލިޕްސް އެލްއީޑީ ޓީވީ 55"، ހިޓާޗީ ފްރިޖް، ހިޓާޗީ ވެކިއުމް ކްލީނަރ އަދި ކުކަރެކެވެ.

ތިންވަނަ އިނާމަކީ އޭއޯސީ ސްމާޓް ޓީވީ 43"، ހިޓާޗީ ދޮންނަ މެޝިން، ހިޓާޗީ ވެކިއުމް ކްލީނަރެކެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް، ނިޕޯން ކުލައިން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް އަދި ޓީވީތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

އެސްޓީއޯއިން ބުނިގޮތުގައި މިއަދުން ފެށިގެން ހޯމް އިމްޕްރޫވްމެންޓްގެ އައިޓަމްތައް އީ ސްޓޯރއިން ގަތުމުން ޑެލިވަރީ ކޮށްދޭނެއެވެ. މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނީ ހޯމް އިމްރޫވްމަންޓުން ނަމަ 1000 ރުފިޔާއިން މަތީގެ ވިޔަފާރި ކުރެއްވުމުން އަދި ސުޕަމާޓުން ނަމަ 500 ރުފިޔާގެ ވިޔަފާރި ކުރެއްވުމުންނެވެ.

ލަކީ ޑްރޯ ހިނގަމުންދާއިރުވެސް އަދި ނިމުމަށް ފަހުވެސް ރަމަޒާން ބާޒާރުގެ ނުވަތަ އެހެންވެސް ޕްރޮޕޯޝަނަކާ ގުޅިގެންލިބޭ އިނާމެއް ދިނުމަށް މުވައްޒަފެއްގެ މޮބައިލް ނަމްބަރުން ނުގުޅާނެކަމަށާއި، ގުޅާނީ އެސްޓީއޯގެ ރަސްމީ ނަމްބަރުތަކުންކަމަށާއި އަދި ގުޅާފައި އެކައުންޓް ނަމްބަރު ނޫނީ ކޭޝްކާޑު ނަމްބަރު ހޯދަން ނާހާނެކަމަށް އެކުންފުނިން ވަނީ އާންމުންނަށް ހަނދުމަކޮށްދީފައެވެ.

Advertisement

ކޮމެންޓް