ޖަޕާނަށް ބިންހެލުމެއް އަތުވެއްޖެ، ސުނާމީގެ އިންޒާރެއް ނެތް!

13 Feb 2021 | 19:38

ރެކްޓަރ މިންގަނޑުން 7.1ގެ ބާރުމިނުގެ ބިންހެލުމެއް ޖަޕާނުގެ ފުކުޝީމާ ސަރަހައްދަށް އަތުވެއްޖެއެވެ.

"ދަ ޖަޕާން ޓައިމްސް" ނޫހުން ރިޕޯޓްކުރާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ފުކުޝީމާ ފްރިފެކްޗަރގެ އައްސޭރިފަށުގެ 60 ކިލޯމީޓަރު އަޑިންނެވެ. މި ބިންހެލުމުގެ އަސަރު ޖަޕާންގެ ވެރިރަށް ޓޯކިޔޯއަށްވެސް ވަނީ ކޮށްފައެވެ.

މި ބިންހެލުމާއި ގުޅިގެން މިހާތަނަށް ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ 10 އަހަރު ކުރިން ފުކުޝީމާ ސަރަހައްދަށް ވަނީ ރެކްޓަރ މިންގަނޑުން 9ގެ ބާރުމިނުގައި އައި ބިންހެލުމެއްގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކާ ކުރިމަތިލައި ސުނާމީއެއް ތަޖުރިބާކުރަން ޖެހިފައެވެ.

Advertisement

ކޮމެންޓް