އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބާއްވަނީ

14 Feb 2021 | 16:57

ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީކަމަށްވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމެވެ. ޒޫމް މެދުވެރިކޮށް ކުރިއަށްގެންދާ މި ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30ގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވާނެއެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގެ ތެރެއިން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވާނެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. 

Advertisement

ކޮމެންޓް