Advertisement

އިދިކޮޅު އެއްވުމުގެ ތެރެއިން 13 މީހަކު ހައްޔަރު ކޮށްފި

14 Feb 2021 | 20:47

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ބޭއްވި ސުލްޙަވެރި އިހުތިޖާޖުގެ ތެރެއިން 13 މީހަކު ހައްޔަރު ކޮށްފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވިދާޅުވީ، މިއަދު އިދިކޮޅުން ބޭއްވި ސުލްޙަވެރި އިހުތިޖާޖުގައި އިދިކޮޅުގެ 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހޯރަފުށި ދާއިރާގެ ކުރީގެ އެމްޕީ މުޙައްމަދު އިސްމާޢީލް ހިމެނޭ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބް ރައީސުންވެސް ހިމެނެއެވެ.

އިދިކޮޅުން ހުކުރު ދުވަހު އިހުތިޖާޖު ފަށާފައިވާއިރު ފުލުހުން ވަނީ އެ އިހުތިޖާޖު ރޫޅާލާފައެވެ. އެ އިހުތިޖާޖު ރޫޅާލާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ ކަމަށްބުނެއެވެ.

Advertisement

ކޮމެންޓް