Advertisement

މިއަދަށް ތާވަލްކުރި ރައީސް ޔާމީންގެ ޝަރީއަތް ކެންސަލްކޮށްފި

15 Feb 2021 | 11:42

މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރިޝްވަތުގެ މައްސަލައާއި މަނީ ލޯންޑަރިން މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ، ރައީސް ޔަމީންގެ ފަރާތްޕުޅުން މިއަދުގެ އަޑުއެހުން ކެންސަލް ކުރަން އެދުމުން އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގައި އެ ދެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ތާވަލު ކުރީ މިއަދު ހެނދުނު 9:30 އަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރާ ދައުވާއަކީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތުގައި ހިންގާފައިވާ ކަމަށް ބުނާ ކުށްތަކަކާއި ގުޅިގެން ކުރާ މަނީ ލޯންޑްރިންގެ ދައުވާއާއި، އަދި ރިޝްވަތުގެ ދައުވާއެވެ.

Advertisement

ކޮމެންޓް

Advertisement