Advertisement

ވީއެމްކޯއިން ވޯޓާ ޕިއުރިފަޔަރ މާކެޓަށްނެރުން: ޕްލާސްޓިކް ފުޅިއާ ދިވެހިން ދުރުކޮށްދީފި

05 Dec 2018 | 05:34

ވީއެމްކޯއިން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުންކުރުން މަދުކުރުމަށް ލިވްޕިޔޯ ވޯޓާ ޕިއުރިފަޔަރ ވިއްކަން ފަށައިފިއެވެ.

އެގޮތުން ވީއެމްކޯއިން އަންނަނީ ފެންފުޅީގެ ބަދަލުގައި ބޭނުން ކުރުމަށް ޚާއްސަ ޕިއުރިފަޔަރއެއް މާކެޓަށް ތައާރަފްކޮށްފައެވެ. އެގޮތުން ވީއެމްކޯއިން ވިއްކަމުންގެންދާ ވޯޓާ ޕިއުރިފަޔަރތައް ފަސޭހަކަމާއިއެކު، ހެޔޮއަގުތަކެއްގައި އެކުންފުނީގެ ޝޯރޫމުން ލިބޭނޭގޮތްވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ޕިއުރިފަޔަރއިން ފިލްޓަރ ކޮށްފައިވާ ފެން އެފިހާރައިން ރަހަބެލުމުގެ އިންތިޒާމް ހަމަޖެހިފައެވެ.

ވީއެމްކޯއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކަނޑުއުޅަނދުފަހަރުގެ އިންޖީނާއި މެރިން ސޮލިއުޝަން ދެމުން ގެންދާ ފަރާތެކެވެ.

ވީއެމްކޯއިން ހާމަކުރާ ގޮތުގައި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކްފުޅިއަށް ހައްލު ގެނައުމަށް އެކުންފުނިން މިކުރާ މަސައްކަތަކީ ވިޔަފާރިއަށްވުރެ ބޮޑަށް ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުމަށްކުރާ މަސައްކަތެއްކަމުގައިވެއެވެ.

މީގެ އިތުރުން ދިވެހިން ފެނަށްކުރާ ޚަރަދާއި އުފުލާ ތަކުލީފަށް އެތައްގުނައެއްގެ ލުއިކަމެއް ގެނުވާނެކަމެއްކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެގޮތުން އެކުންފުނިން އަމާޒު ހިފާފައިވަނީ ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ފެންފުޅީގެ ބަދަލުގައި ވޯޓާ ޕިއުރިފަޔަރ ބޭނުން ކުރުމަށް ދިވެހިން އަހުލުވެރިކުރުމެވެ.

ވީއެމްކޯއިން ޕިއުރިފަޔަރ ވިއްކަން ފަށާފައިވާއިރު އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމުގެ ހަރަކާތެއް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުވެސް ވަނީ ފައްޓަވާފައެވެ.

ވީއެމްކޯއިން ވަނީ ރައީސް ޞާލިހުގެ މިއިސްނެންގެވުމަށް ޝުކުރު އަދާކުރައްވައި، މިއީ ތިމާވެށީގެ މިބޮޑު މައްސަލަ އާއި ދެކޮޅަށް އެކުންފުނިން މިހާތަނަށް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށްބޮޑު ހިތްވަރެއްކަން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް