ކޮންމެ މަހެއްގެ ކަރަންޓަށް ހޭދަކުރަން ބޭނުންވާ ވަރު ކަސްޓަމަރުންނަށް މިހާރު ބަޖެޓްކޮށްލެވޭނެ

16 Feb 2021 | 14:08

ކޮންމެ މަހެއްގެވެސް ކަރަންޓަށް ހޭދަކުރަން ބޭނުންވާ ވަރު ކަސްޓަމަރުންނަށް ބަޖެޓުކޮށްލެވޭނެ ގޮތަށް ބިލަށްް ފައިސާ ދެއްކޭނެ ގޮތް ސްޓެލްކޯއިން ތަޢާރަފުކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ޙަސަން މުޤުނީ ވިދާޅުވީ، އަލަށް ތަޢާރަފު ކުރި ޕްލޭނާ އެކު ކަސްޓަމަރުންނަށް ކޮންމެ މަހެއްގައި ކަރަންޓަށް ހޭދަކުރަން ބޭނުންވާ ވަރު ބަޖެޓުކޮށްލެވޭނެ ކަމަށެވެ.

އެގޮތުން ސްޓެލްކޯގެ އީކުއަލް ޕޭމަންޓް ޕްލޭނަކީ ގޭބީސީތަކުން ކަރަންޓު ބިލު ބޭނުންކުރެވޭ ޢަދަދު މަދުކޮށް އެއްވަރެއްގައި ހިފެހެއްޓުމަށް ކޮންމެ މަހެއްގައިވެސް ފައިސާ ދެއްކޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށް ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ. އަދި ބިލަށް އެ މަހެއްގައި ދައްކަން ކަނޑައަޅާ އަދަދު ފިޔަވައި އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި މި ޕްލޭންގައި ބައިވެރިވުމަށް ފާއިތުވި ހުރިހާ ކަރަންޓު ބިލުތަކަށް ފައިސާ ދައްކާފައި ހުންނަން ޖެހޭނެ އެވެ. މިގޮތަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކަނޑައެޅުމުގައި ފާއިތުވެދިޔަ 12 މަސް ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރު ބެލުމަށް ފަހު އެވްރެޖު ޔޫސޭޖަށް ބަލާނެއެވެ. އަދި އަލަށް  ކަރަންޓު ބޭނުން ކުރާ ގެއެއް ނަމަ އެތަނެއްގެ ކުޑަ ބޮޑުމިނާއި ބޭނުން ކުރާ ތަކެތީގެ ލޯޑަށް ބެލުމަށްފަހު އަދަދެއް ކަނޑައަޅާނެ އެވެ.

ސްޓެލްކޯ އިން ބުނީ، ކަސްޓަމަރަކު ކޮންމެ މަހަކު ވެސް ބޭނުންކުރާ ކަރަންޓުގެ މިންވަރަށް ބިލު ކުރެވޭއިރު ކޮންމެ ހަ މަހަކުން ހަ މަހަކުން ރިވިއު ކުރެވޭނެ ކަމަށެވެ.

އަދި ރިވިއުކުރާއިރު ވޭތުވެދިޔަ މަސްތަކުގައި އީކުއަލް ޕޭމަންޓުގެ އިތުރުވި އަދަދު ނުވަތަ މަދުވި އަދަދު ރިވިއުކުރާއިރު އެއްކޮށް ނުވަތަ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

މި ޕްލޭނާ އެކު ކަރަންޓު ބިލަށް ގިނައިން އަރާ މަސް މަހު މަދު އަދަދަކުން ފައިސާ ދެއްކޭނެ ގޮތް ވާނެ އެވެ. އަދި މުޅި އަހަރަށް ކަރަންޓު ބިލު ދެއްކުމުގެ ބަޖެޓިން ޕްލޭނެއް އެކުލަވައިލެވޭނެ އެވެ. 

Advertisement

ކޮމެންޓް

Advertisement