ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން ދެ ބިދޭސީން ހޯދަނީ

16 Feb 2021 | 15:30

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ޚިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ހޯދަމުންދާ ދެ ބިދޭސީންނަކީ ތާރާ މިއަ (38އ) އާއި ކަމާލް (36އ) އެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ވީމާ މިދެމީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement