އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު

16 Feb 2021 | 15:20

އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައި، އެކަން އިޢުލާނު ކޮށްފި އެވެ.

އުރީދޫއިން ބުނީ އެ ޖަލްސާ އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ "ފަހި ވޯޓު" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

އެ ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފޯމު މި މަހުގެ 28ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އެ ޖަލްސާގައި ބައިވެރިވެވޭނީ އިއްޔެގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށެވެ. އަދި ހިއްސާގެ ފައިދާ ލިބޭނީ ވެސް އެ މުއްދަތުގައި ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓަރީވާ މީހުންނަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އިއްޔެގެ މެންދުރު 2:30 ގެ ކުރިން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ލިބޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އުރީދޫގެ އެ ޖަލްސާގައި ބައިވެރި ވުމަށް ރަޖިސްޓްރީ ކުރުމަށް އެމްއެސްޑީގެ އިންފިނިޓީ ޕޯޓަލް infinity.mv ނުވަތަ [email protected] މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށައި ރަޖިސްޓްރޭޝަނާ ގުޅޭ ހުރިހާ ފޯމެއް އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement