މާލޭގައި ގާއިމުކޮށްފައިވާ އެފްއެސްއެމްގެ ފިއުލް ޝެޑްތައް ހުޅުވާފައި ހުންނަ ގަޑިތައް ބަދަލުކޮށްފި

17 Feb 2021 | 12:41

މާލޭ ސިޓީގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ފިއުލް ޝެޑްތައް އޮޕަރޭޓްކުރާ ގަޑިތައް ބަދަލުކޮށްފިއެވެ.

އެގޮތުން މިއަދުން ފެށިގެން މާލޭ ސިޓީގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތައް ހުޅުވާފައި ހުންނާނެ ވަގުތުތަަކަކީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން އިރުއޮއްސި 18:00 ޖަހަންދެނެވެ. ހުކުރު ދުވަހުގައި މިތަންތަން ހުޅުވާފައި ހުންނާނީ މެންދުރުފަހު 14:00އިން ފެށިގެން އިރުއޮއްސި 18:00 ޖަހަންދެނެވެ.

ނަމަވެސް މިވަގުތުތަކުގެ ބޭރުން، ހުއްދަ އޮތް ފަރާތްތަކަށް ޚިދުމަތް ދިނުމަށްޓަކައި މާލޭގައި ސްޓެލްކޯ ބިއްދޮށުގައި ހުންނަ އެފްއެސްއެމް އީޒީފިލް1 އަދި ހުޅުމާލޭގައި ހުންނަ އީޒީފިލް3 ހުޅުވިފައި ހުންނާނެއެވެ. މިތަންތަނުން ޚިދުމަތްދޭނީ 18:00 އިން ފެށިގެން ރޭގަނޑު 23:00 ޖަހަންދެނެވެ.

މީގެ އިތުރުން އެފްއެސްއެމްގެ ތިލަފުށި ސޭލްސް ޕޮއިންޓް ހުޅުވިފައި ހުންނަ ވަގުތުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މިފަދައިން ޚިދުމަތްދެމުންދާއިރު، ކޮންމެ ނަމާދު ވަގުތަކާއި ގުޅިގެން އެފްއެސްއެމްގެ ފިއުލް ޝެޑްތަކުގެ ޚިދުމަތް 25 މިނެޓަށް މެދުކަނޑާލެވޭނެކަމަށް ވަނީ ބުނެފައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement