އެމްޕީއެލްގައި ކާޕެޓްރޯލް ދަށުވި ޒުވާނާ ނިޔާވެއްޖެ

17 Feb 2021 | 12:26

އެމްޕީއެލް ސަރަޙައްދުގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނު ޒުވާނާއަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ހދ ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން ޢަލީ، 28އ އެވެ.

އޭނާ ނިޔާވީ އިތުރު ފަރުވާއަށް އިންޑިއާ އަށް ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. އިމްރާން ނިޔާވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 1:30 އެހައިކަންހާއިރު އެވެ.

މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ އެމްޕީއެލް ސަރަޙައްދުގައި ސަޕްލައި ދޯންޏަކަށް ބަރުކުރަން އުޅުމުގެ ތެރޭގައި ކާޕެޓްރޯލެއް ވެއްޓި އިމްރާންއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައެވެ .މިހާދިސާގައި އިމްރާންގެ ދެފައި އިރައިގެންގޮސްފައިވާ ކަމަށާއި، މޫނުމައްޗަށް އަނިޔާވެ އަނގައިން ލޭ އައިސްފައިވާކަމުގެ މަޢުލޫމާތު ފުލުހުން ވަނީ ދީފައެވެ.

Advertisement

ކޮމެންޓް