ރަސްދޫ ފިހާރައަކުން ވައްކަންކުރި ބިދޭސީއަކު ހައްޔަރުކޮށްފި

17 Feb 2021 | 14:55

ރަސްދޫ ފިހާރަޔަކުން ވަގަށްނަގާފައިވާ ގިނަ އަދަދެއްގެ ސާމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހު 16 ވަނަ ދުވަހު އއ.ރަސްދޫ ފިހާރައަކުން ވައްކަން ކޮށްފައިވާކަމަށް ބުނެ ރަސްދޫ ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

އެމީހާ ހައްޔަރުކޮށް އޭނާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު، އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ ކޮސްމެޓިކްސް ބައެއް ސާމާނާއި ހަވާދުގެ ބާވަތްތަކާއި ދޮންނަ ކުނޑިއާއި ޓީޝާޓާއި ފައިވާން ފަދަ ތަކެއްޗެވެ.

މި މައްސަލަ ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤުކުރަމުންދާ ކަމަށް ފުލިުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް