ކުރީގެ ފިލްމީތަރި ޝިޔާމްގެ ތާއިދު ޑރ.މުއިއްޒުއަށް!

17 Feb 2021 | 22:01

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބްގައި މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ ޕީޕީއެމްގެ ކެނޑިޑޭޓް، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއަށް ތާއިދުކުރުމަށް ކުރީގެ މަޝްހޫރު ފިލްމީތަރި ޢަލީ ޝިޔާމް ނިންމައިފިއެވެ.

ޝިޔާމް ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ގޭގެ އެންމެން މުއިއްޒުއަށް ވޯޓްދޭން ނިންމާފައިވާ ކަމަށާއި، ކީރިތި ﷲގެ ރަޙުމަތްފުޅުން ކާމިޔާބުދެއްވުން އެދޭކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޝިޔާމަކީ މީގެ ދުވަސްކޮޅެއްގެ ކުރިން މި ސަރުކާރަށް ތާއިދުކުރުމަށްފަހު، އަނެއްކާވެސް މިފަހުން ސަރުކާރަށް ފާޑުކިޔަމުންދާ ފަރާތެކެވެ.

ޑރ.މުއިއްޒުއާ ދެކޮޅަށް މާލޭ ސިޓީގެ މޭޔަރކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރެވެ.

Advertisement

ކޮމެންޓް