މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

18 Feb 2021 | 20:13

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީ ފޭދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 32 އަހަރުގެ މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ އައްޑޫ ސީޓީ ފޭދޫ ގެއެއްގައި މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރަމުންދާ ކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ހަތް ދަޅު ފެނިފައިވެއެވެ.

އެ އޮޕަރޭޝަނަކީ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް އަދި އައްޑޫ ސިޓީ އެސްއޯ ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement