ފައިނުގައި ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖަކު މޫދުއަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

19 Feb 2021 | 20:01

ރ.ފައިނުގައި ގެއްލިގެން ހޯދަމުންދިޔަ ކުޑަކުއްޖަކު މޫދުއަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން ފަސް އަހަރުގެ ކުއްޖެކެވެ.

ފައިނު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރުއާ ހަވާލާދީ "ސަން" އިން ރިޕޯޓްކުރި ގޮތުގައި އެ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ މިއަދު ހަވީރު 5:45 ހާއިރުގައެވެ. އެ ކުއްޖާ ހޯދުމަށްޓަކައި ފީނައިގެން މަސައްކަތް ކުރަމުން ދަނިކޮށް ފެނުނީ މޫދުގެ ދެ ފޫޓު އަޑިންނެވެ.

އޭނާ ގެއްލިފައިވަނީ އެއް އުމުރުފުރައިގެ ކުދިންތަކަކާ އެކު ގޮނޑުދޮށް ސަރަހައްދުގައި ކުޅެން އުޅެނިކޮށް ކަމަށްވެއެވެ.

އެ ކުއްޖާ ނިޔާވިކަން ޑޮކްޓަރުން ވަނީ ޔަގީންކޮށްދީފައެވެ.

Advertisement

ކޮމެންޓް

Advertisement