ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ވަޑައިގެންފި

20 Feb 2021 | 14:06

ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ.ސުބްރަމާނިޔަމް ޖައިޝަންކަރު ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.

މިއީ އެބޭފުޅާ މަޤާމާއި ހަވާލުވެ ވަޑައިގެންނެވިފަހުން ދިވެހިރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އަދި މިއީ މިއަހަރުގެ ތެރޭގައި ބޭރު ގައުމެއްގެ އިސްވެރިއަކު ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރުވެސްމެއެވެ.

މި ދަތުރުފުޅުގައި ޑރ.ޖައިޝަންކަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރ އޮފް ޑިފެންސްއާ ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއެކު ޖޮއިންޓް މީޓިންގއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައިއެވެ.

މި ދަތުރުފުޅުގައި އިންޑިއާ އާއި ދިވެހި ރާއްޖެއާއި ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މުހިންމު މަޝްރޫޢުތަކެއް އިފުތިތާހު ކުރެއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

Advertisement

ކޮމެންޓް