Advertisement

ބިދޭސީން ވެކްސިނަށް ރަޖިސްޓްރީވާން ހުޅުވާލައިފި

20 Feb 2021 | 19:55

ކޮވިޑް-19 އާއި ގުޅިގެން ކުރިއަށް ގެންދާ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޯކް ޕާމިޓް ލިބިފައިވާ ބިދޭސީ މުވައްޒަފުންނަށް މިހާރު "މައި ހެލްތް ޕޯޓަލް" މެދުވެރިކޮށް ވެކްސިން ޖަހަން ރަޖިސްޓާ ވެވޭނެ ކަމަށެވެ.

އެގޮތުން ވެލިޑް ވޯކް ޕާމިޓް ނެތް ބިދޭސީ މަސައްކަތްތެރިން މޯލްޑިވްސް ރެޑްކްރެސެންޓް މެދުވެރިކޮށް ރަޖިސްޓާ ވެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ވެކްސިން ޖެހުން މިއަދު ހާއްސަކުރެވިފައި ވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ހައި ރިސްކް މީހުންނާއި 35 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށެވެ.

Advertisement

ކޮމެންޓް

Advertisement