Advertisement

އިންޑިއާއިންއަޅާ 2000 ހައުސިންގ ޔުނިޓުގެ ފައިނޭންސް ކުރުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

21 Feb 2021 | 11:48

އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ ހަވާލުކޮށްގެން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގަން ނިންމާފައިވާ 2،000 ހައުސިން ޔުނިޓަށް ފައިނޭންސް ކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ އެގްޒިމް ބޭންކާ އެކު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމާ ގުޅިގެން ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ސޯޝަލް ހައުސިންގ އަކީ މި ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށާއި މިއަދު ސޮއި ކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖަކީ ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި 2000 ޔުނިޓް އެޅުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީއާ (އެންބީސީސީ) ހަވާލުކޮށްގެންނެވެ. 130 މިލިއަން ޑޮލަރު ޚަރަދުކުރާ މި މަޝްރޫޢު ދެ އަހަރު ބައިން ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓެވެ.

Advertisement

ކޮމެންޓް