ޢަލި ރަމީޒްގެ ޕޯލް: ހިޔާ ފުލެޓުތަކުގެ މައްސަލައިގައި އޮޅުވާލާފައިވާ 80 އިންސައްތަ ފަރާތްތަކުން ދެކޭ!

22 Feb 2021 | 13:27

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފުލެޓުތަކުގެ މައްސަލައިގައި މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް ގިނަބަޔަކު ގަބޫލުކުރާކަމަށް ޓްވިޓަރގައި ނެގުނު ޕޯލްއަކުން ދައްކައިފިއެވެ.

މި ޕޯލް ނަގާފައިވަނީ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒްގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށެވެ.

1118 އެކައުންޓަކުން ވޯޓްދިން މި ޕޯލްގައި ޢަލީ ރަމީޒް އަހާފައިވަނީ ހިޔާ ފުލެޓުގެ ކަންތަކުގައި މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް ގަބޫލުކުރާތޯއެވެ. މި ޕޯލްގެ ނަތީޖާއިން ދައްކާގޮތުގައި އެކަމުގައި ސަރުކާރުން އޮޅުވާލިކަމަށް ވޯޓްލީ ފަރާތްތަކުގެ 80 އިންސައްތަ ފަރާތްތަކުން ދެކެއެވެ.

ހިޔާ މަޝްރޫޢުގެ ބައެއް ކެޓަގަރީތަކުގެ ދާއިމީ ލިސްޓުތައް ދާދިފަހުން އާންމުކޮށްފައިވާއިރު، އެ ލިސްޓުތަކުގައި މައްސަލަތަކެއް ހުރިކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ހިޔާ މަޝްރޫއުގެ ތިން ކެޓަގަރީއެއް އުވާލަން ނިންމި މައްސަލައިގައިވެސް ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާާޅުކުރަމުންނެވެ.

ހައުސިންގ މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނީ ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފުލެޓު ގަންނަން ލިބެން ނެތުމުގެ ސަބަބުން ތިރީގައިވާ ކެޓަގަރީތައް އުވާލައި، އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލުކުރުމަށް ނިންމާފައިވާކަން އާންމުކޮށް އަންގައި އިޢުލާންކުރާކަމަށެވެ. އެ ކެޓަގަރީތަކަކީ:

H11- އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ (1 ކޮޓަރި)

H13- މާލޭ މުނިސިޕަލްޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްޞަ (1 ކޮޓަރި)

H15- އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްޞަ (1 ކޮަޓަރި)، މިއެވެ.

އެހެންނަމަވެސް ދައުލަތުގެ ފައިސާ ޚަރަދުކޮށް ފުލެޓު ކޮމިޓީއިންވަނީ މި 3 ކެޓަގަރީގެ ފޯމުތައް އަލުން އިވެލުއޭޓްކޮށް ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށްވެސް ގޮސްފައެވެ.

Advertisement

ކޮމެންޓް