Advertisement

ޕޮލެންޑުގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް

22 Feb 2021 | 13:59

ޕޮލެންޑުގެ ޤައުމީ އެއާލައިން ލޮޓް ޕޮލިޝް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި އެވެ.

ލޮޓް ޕޮލިޝްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ޕޮލެންޑުގެ ވެރިރަށް ވޯސޯ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

އެއެއާލައިނުން ރާއްޖެއަށް އަދި ކުރަން ހަމަޖެހިފައިވަނީ ޗާޓާޑް ދަތުރުތަކެކެވެ. މި ދަތުރުތައް މިދިޔަ ހުކުރު ދުވަހު ފެށުމަށް ކުރި ފުރަތަމަ ދަތުރުގައި 294 މީހުން ވަނީ އައިސްފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އަންނަ މާޗު މަހުގެ ނިޔަލަށް ލޮޓް ޕޮލިޝް އިން ރާއްޖެއަށް ފަސް ޗާޓަޑް ދަތުރުކުރާނެ ކަމަށެވެ. މި ދަތުރުތައް ކުރާނީ އަންނަ މާރޗްމަހުގެ ނިޔަލަށެވެ. މި ދަތުރުތައް ކުރަނީ ޓްރެވަލް އޭޖެންސީ ސަން އޯޝަން މޯލްޑިވްސް މެދުވެރިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީން ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 151،113 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

Advertisement

ކޮމެންޓް