Advertisement

އެމްއެންޑީއެފް އެއްކޮށް އެލާޓް: ވިއްސާރާގެ ސަބަބުން މާލޭގެ ދެގެއަކުން މީހުން ހުސްކޮށްފި

05 Dec 2018 | 16:50

މާލެއަށް މިއަދު ހެނދުނުން ފެށިގެން ކުރަމުންދާ އާދަޔާ ޚިލާފު ވިއްސާރައާއި ގުޅިގެން ދެގެއެއްގައި ފެންބޮޑުވެ، އެގެތަކުގެ މީހުން އެހެން ރައްކާތެރި ތަނަކަށް ބަދަލުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ.

މާރިޔާ ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތުގައި މާލޭގެ 14 ސަރަހައްދެއްގައި އެމްއެންޑީއެފްއިން ހަރަކާތްތެރި ވަމުން އަންނަކަމަށާއި، އެމްއެންޑީއެފް އެއްކޮށް އޮތީ އެލާޓްގައި ކަމަށެވެ. އަދި މާލެގެ ދެ ގެއަކުން މި ވިއްސާރައިގެ ސަބަބުން މީހުން ނެރެން ވަނީ ޖެހިފައިވާކަމަށާއި، އަސަރުކޮށްފައިވާ ފަރާތްތަކަށް ހަމްދަރުދީވާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ ފެން ހިންދުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރަމުންދަނީ އަމީނީމަގާއި، އައިޖީއެމްއެޗް ސަރަހައްދުގައި ކަމަށެވެ.

އަދި ގަޑިއެއްހާއިރު ތެރޭގައި މަގުތަކުގައި ހިނގާލެވޭ ވަރު ކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް ކާނަލް ޒުހުރީ ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement