Advertisement

ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އެޤައުމުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

24 Feb 2021 | 19:45

ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤް، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖްޕަކްސާއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ އާއި ސްރީލަންކާގެ މެދުގައި އޮންނަ ޒަމާންވީ ގުޅުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައި، އެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާ އާއި އެކިއެކި ބައިނަލް އަޤްވާމީ ފޯރަމް ތަކުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ގުޅިގެން މަސައްކަތް ކުރުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ދެ ޤައުމަށްވެސް ކުރަމުންދާ އަސަރުތަކާއި އަދި ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި އޭގެ ސަބަބުން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ސްރީލަންކާގެ ބޮޑުވަޒީރުގެ ސަމާލުކަމަށް ސަފީރު ގެންނެވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި ސްރީލަންކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

Advertisement

ކޮމެންޓް