Advertisement

50އިންސައްތަ ފުލުހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި

25 Feb 2021 | 19:14

ކޮވިޑް-19 އިން ދިފާޢުވުމަށް ކުރިއަށް ގެންދާ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 50 އިންސައްތަ ފުލުހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އޭގެ ތެރޭގައި އިއްޔެގެ ނިޔަލަށް މާލެ ސަރަޙައްދުގައި މަސައްކަތްކުރާ 1676 މުވައްޒަފަކު ވެކްސިން ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ޕޮލިސް މެޑިކަލްގެ ބެލުމުގެ ދަށުން ފުލުހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، މިހާތަނަށް އެއްވެސް މުވައްޒަފަކު ވެކްސިން ނުޖަހައިގެން ފިޔަވަޅު އަޅާފައިނުވާ ކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

ފުލުހުން ވިދާޅުވީ، އެތަނުގެ މުވައްޒަފުން ތިބީ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހައިގެން ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދީ މިޙާލަތު ބަދަލުކުރުމުގެ އުއްމީދުގައި ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް