Advertisement

ބާރުތައް މަރުކަޒުވެފައި އޮތުމުން އެ ހިފެހެއްޓެނީ މިނިވަންކަން: ރައީސް ޞާލިހް

25 Feb 2021 | 21:10

ބާރުތަކާއި ނިންމުންތައް މަރުކަޒީވެފައި އޮތުމުން މިނިވަންކަން އޮަބަހައްޓައި ހިފެހެއްޓިގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބްގެ ކެމްޕެއިންކަމަށްވާ "ރަށްވެހި ފަތިސް" ރީލޯންޗްކުރުމަށް މިރޭ ކުރިއަށްދާ "ރަށްވެހި ފަތިހަަކަށް އަލިވިލުން" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށާއި މާދުރުން ބާރުތަކާއި ނިންމުންތައް އެހެންތަނެއްގައި މަރުކަޒުވެފައި އޮތުމުން މިނިވަންކަން ހިފަހައްޓައި އޮބެހެއްޓިގެންދާކަމަށެވެ. އަދި ލާމަރުކަޒު ނުވެ އޮތުމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުން ތަފާތު ގިނަ ތަކްލީފްތައް ތަހައްމަލްކުރަންޖެހޭކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. މިކަންކަމަކީ އެމްޑީޕީއަށް އަބަދުވެސް ވަރަށް ސާފު ކަންކަމުގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

ރައީސް ޞާލިހް ފާހަގަކުރެއްވި ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒީ ކުރުމުގެ މުހިންމުކަން ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ވަކިން ޚާއްސަކޮށް ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ މުހިންމުކަން ޔަގީންވެފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރައީސް ޞާލިހް ވަނީ ރަށްރަށުގައި ވަކިން ޓާސްކް ފޯސްތައް ހަދައިގެން މަސައްކަތްތައް ނުކުރިނަމަ އަތޮޅުތަކުގެ ހާލަތު ގޯސްވެގެންދިޔައީސްކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް މިރޭގެ ޖަލްސާގައި އެމަނިކުފާނު ވަނީ ލާމަރުކަޒުވުމަކީ އެމްޑީޕީގެ ހުވަފެނެއްކަމަށް ވިދާޅުވެފައެވެ. އަދި އެހުވަފެނުގެ ތައުބީރަކީ ރަށްވެހިފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement